ކެމީލާގެ ފިލްމީ ޑެބިއު: ސިންޑެރެލާގެ ޓީޒާ އާންމުކޮށްފި

ޓީޒާގެ މަންޒަރެއް---

ލީޑު ރޯލުން ލަވަކިޔުންތެރިޔާ ކަމީލާ ކެބޭލޯ ފެނިގެންދާ ފިލްމު "ސިންޑެރެލާ"ގެ ފުރަތަމަ ޓީޒާ ދައްކާލައިފިއެވެ. މިއީ ކެމީލާ އެކްޓީންގް ރޯލަކުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މަޝްހޫރު ފެއާރީޓޭލް ވާހަކަ "ސިންޑްރެލާ"ގެ މައްޗަށް ހަދާ ފިލްމުގައި ޕްރިންސްގެ ރޯލު ކުޅެނީ ޒުވާން ތަރި ނިކޮލަސް ގަލިންޒީއެވެ.

މި ފިލްމަކީ ކުރިން ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހުނު ފިލްމެއް ނަމަވެސް ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން ފިލްމު ތިއޭޓަރުތަކުގައި އެޅުވޭ ގޮތް ނުވީއެވެ.

ސޮނީ ޕިކްޗާޒް އިން ގެނެސްދޭ މި ފިލްމު މިހާރު ދެއްކުމަށް ހަމަޖެހިފައިވަނީ އޮންލައިން ސްޓްރީމިންގް ޕްލެޓްފޯމަކުންނެވެ.

އެގޮތުން ސެޕްޓެމްބަރު ތިނަކުން ފެށިގެން އެމެޒޯން ޕްރައިމް އިން އެ ފިލްމު ސްޓްރީމްކުރާނެއެވެ.

ކޭ ކެނަންގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދޭއިރު މި ފިލްމަކީ އޭނާގެ ސްކްރީންޕްލޭއެއް ވެސް މެ އެވެ.

އެ ފިލްމުގައި ގޯޑްމަދާގެ ރޯލުން ފެނިގެންދާނީ ބިލީ ޕޯޓާ އެވެ. އިޑީނާ މެންޒެލް ދޮންމަންމަގެ ރޯލުން ފެނިގެންދާއިރު ސިންޑެރެލާގެ ސްޓެޕް ސިސްޓާސްގެ ރޯލުން ފެނިގެންދާނީ މެޑީ ބެއިލިއޯ އާއި ޗާލޮޓް ސްޕެންސާ އެވެ.

comment ކޮމެންޓް