ޝަރީއަތުގައިވާ ހަރާމް ކަންތައް، ހަރާމްކަމުގައި ބަލައިގަންނަށް ޖެހޭ: ހުތުބާ

އިސްލާމީ މަރުކަޒު: ހަރާމް ކަންކަމަކީ ހަރާމް ކަންކަން ކަމުގައި ގަބޫލުކުަރަން ޖެހޭނެ ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމީ ޝަރީއަތުގައި ވާގޮތައް ހަރާމް ކަންތައްތައް، ހަރާމްކަމުގައި ބަލައިގަނެ ހަލާލު ކަންތައްތަ ހަލާލު ކަންކަން ކަމުގައި ބަލައިގަންނަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

"މިންވަރަށް އީންމާންވުން" މި މައުލޫއަށް މިއަދު ދިން ހުތުބާގައި ބުނެފައިވަނީ ހެޔޮކަންތަކަށް ގޮވާލުމާއި ނުބައި ނޭދެވޭ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި އަނިޔާވެރިކަމަށާއި އަނިޔާވެރިންނަށް މާތްﷲ ރުހިވޮޑިގެން ނުވާކަން ފާހަގަކުރައްވާފައިވެއެވެ.

އަބަދުވެސް އުންމަތުގެ ބަޔަކު ހައްގު ގޮތުގައި ދެމިތިބޭނެ ކަމަށާއި ގިޔާމަތާ ޖެހެންދެންވެސް އެމީހުން ބަލިކޮށްލެވޭނެ ބަޔަކު ނާންނާނެ ކަަމަށް ހުތުބާގައި ބުނެފައިވެއެވެ. ހަމައެހެންމެ މާތްﷲ ގެ ދީނަށް ނަސްރު ލިބިގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އިސްލާމީ ޝަރީއަތުގައި ވާގޮތައް ހަރާމް ކަންތައްތައް، ހަރާމްކަމުގައި ބަލައިގަނެ ހަލާލު ކަންތައްތަ ހަލާލު ކަންކަން ކަމުގައި ބަލައިގަންނަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އަޅުތަކުން އިމްތިހާނު ކުރައްވާނެކަން ހަނދާންކޮށްދީ، އެ އިމްތިހާނުތަކުން ކެއްތެރިކަން ލިބޭނީ ގަލޯ ގަދަރަށް ރުހިގެން ތިބޭ ކެއްތެރިންނަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މުޅި އިންސާނިއްޔަތައް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް 19 ގެ ހާލަތުގައި މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ގަލޯ ގަދަރަށް އީމާންވުމާއި ކެއްތެރިކަން ކަަމަށް ހުތުބާއި ބުނެފައިވެއެވެ.

ހުތުބާ ނިންމާލަމުން ވަނީ އީމާންކަމާއި ކެއްތެރިކަމުން ހިމާޔަތް ލިބިގެންފި ނަމަ، ދުނިޔެމަތީގައި ލިބެން އޮތް ހެޔޮ އިހުސާސްވެސް ނުކުރެވޭނެ ކަން މީސްތަކުންނަށް ހަނދާންކޮށްދީފައެވެ.

comment ކޮމެންޓް