ކާޑީ ބީ އަށް ދެވަނަ ދަރިއަކު ލިބެނީ

ކާޑީ ބީ---

މަޝްހޫރު ލަވަކިޔުންތެރިޔާ ކާޑީ ބީއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބެޓް އެވޯޑްސްގައި ކާޑީ ދެވަނަ ދަރިއަށް ބަނޑުބޮޑުކަން ހާމަކުރިއިރު އޭނާގެ ފުރަތަމަ ދަރިފުޅު ކަލްޗާއަށް މިއަހަރު ތިން އަހަރުވާނެއެވެ. އެމީހުންނަށް ލިބުނު އަލަތު ދަރިފުޅަކީ އަންހެން ކުއްޖެކެވެ.

ކާޑީބީއާ އޮފްސެޓް ކައިވެނި ކުރީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެދެމީހުންގެ ކައިވެނި ކޮށްފައިވަނީ ވަރަށް ސިއްރުންނެވެ.

ބެޓް އެވޯޑު ހަފްލާގައި ކާޑީ ވަނީ ފަސް އެވޯޑަކަށް ނޮމިނޭޓްވެފައެވެ. އެއީ ބެސްޓް ހިޕް ހޮޕް އާޓިސްޓް (ފީމޭލް)، ބެސްޓް ކޮލަބްރޭޝަން، ވިއުވާސް ޗޮއިސް އެވޯޑު އަދި ވީޑިއޯ އޮފް ދަ އިޔާއެވެ.

comment ކޮމެންޓް