ޚުދާ ހާފިޒް 2ގެ މަސައްކަތް ފަށައިފި

ފިލްމުގެ މަސައްކަތް ފަށަމުން ވިދްޔުތް ހިއްސާކުރި ފޮޓޯ---

މިދިޔަ އޮގަސްޓް މަހު ނެރުނު ކާމިޔާބު ފިލްމު "ޚުދާ ހާފިޒް 2"ގެ މަސައްކަތް ފަށައިފި އެވެ.

ފިލްމުގެ ލީޑު ތަރި އެކްޓަރު ވިދްޔުތް ޖަމްވާލް ވަނީ ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ފެށިކަން އިއުލާންކޮށްފައެވެ. ފޮޓޯ އެއް ޕޯސްޓްކުރުމަށް ފަހު ފިލްމުގެ ސްކްރިޕްޓް ކިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކުރީ ޑިޒްނީ ޕްލަސް ހޮޓް ސްޓާ އިންނެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދިޔައީ ޝިވަލީކާ އޮބްރޯއީ އެވެ.

ފަރުކް ކަބީރުގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދޭއިރު ޚުދާ ހާފިޒް ޕްރިޑިއުސްކޮށްފައި ވަނީ ކުމާރު މަންގަތު ޕަތަކްއާއި އަބީޝޭކް ޕަތަކް އެވެ.

ފިލްމުގެ ސީކުއަލް އިން ދެތަރިން ފެނިގެންދާއިރު ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ޝިވަލީކާ (ނަރްގިސް) ބޭރު ގައުމަކަށް ދަތުރުކުރާ ތަނެވެ. އޭނާގެ ފިރިމީހާ ވިދްޔުތް (ސަމީރު) އަށް ގުޅާ އޭނާ އެނބުރި ގައުމަށް ގެންދިޔުމަށް އެދި އާދޭސްކުރާ މަންޒަރު ފެނިގެންދިޔައެވެ. ސަމީރު އޭނާގެ އަންހެނުން ހޯދަން އެ ގައުމަށް ގޮސް ދިމާވާ ކަންތައްތައް ވެސް މި ފިލްމުން ފެނިގެން ދިޔަ އެވެ.

comment ކޮމެންޓް