އިތުރު 172 މީހަކު ޕޮޒިޓިވް ވެއްޖެ، ގިނައީ އަތޮޅުތެރެއިން

މޭ 25، 2021: މާލޭ ސަރަހައްދުގައި ކޮވިޑް19ގެ ހާލަތު އިންތިހާއަށް ގޯސް ވުމާއި ގުޅިގެން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ގިނަބަޔަކު ބާޒާރުކުރުމުގައި: ކާފިއު ނޫން ވަގުތުގައި ވެސް ބޭރަށް ނިކުމެވޭނީ ފުލުހުން ދޫކުރާ ހާއްސަ ހުއްދައަކާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އިތުރު 172 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެގެ ހަވީރު ހަޔަކުން މިއަދު ހަވީރު ހަޔަކާ ދެމެދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަަހައްދުން ޕޮޒިޓިވްވި 66 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 96 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 72،466 އަށް އަރައިފަ އެވެ.

މިވަގުތު 4،362 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު އޭގެ ތެރެއިން 41 މީހަކު ތިބީ ހޮސްޕިޓަލުގަ އެވެ.

ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަކީ67,886 އޭގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭ ބަލިން ފަސޭހަވި 379 މީހުންވެސް ހިމެނެ އެވެ.

ކޮވިޑުގައި ރާއްޖެިއން މިހާތަނަށް 207 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް