ރައީސް މާލެ ވަޑައިގެންފި

ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ކޮއްކޯފުޅު، އަހްމަދު މުހައްމަދު ސޯލިހުގެ ޖަނާޒާގައި ބައިވެރިވުމަށް ދުބާއީ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލެ ވަޑައިގެންފި އެވެ.

ކޮއްކޯފުޅުގެ ޖަނާޒާ އަށް ރައީސް ދުބާއީ އަށް ފުރާވަަޑައިގެންނެވީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

ރައީސްގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު އަވަހާރަވީ ހޯމަ ދުވަހު ދުބާއީގަ އެވެ.

ރައީސް ސޯލިހުގެ އާއިލާގައި އެއްބަނޑު އެއްބަފާ 12 ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އަހްމަދު ހިމެނިވަޑައިގަންނަވާ ގޮތުން ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ.

އެ ހަތަރު ބޭފުޅުން ވެސް ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ކުރެއްވި އިރު، އަނެއް ތިން ބޭފުޅުންނަކީ ހާފިޒުންނެވެ. އަހްމަދަށް ކޯސް ފުރިހަމަ ނުކުރެވުނީ ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ.

comment ކޮމެންޓް