މަޝްހޫރު އެތުލީޓް މިލްކާ ސިންހް މަރުވެއްޖެ

މިލްކާ ސިންހް---

އިންޑިއާގެ ކުރީގެ މަޝްހޫރު އެތުލީޓް މިލްކާ ސިންހް 92، މަރުވެއްޖެ އެވެ.

މިލްކާ ސިންހް މަރުވީ ކޮވިޑް19 އަށް ފަރުވާދެމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހުއެވެ. ކޮވިޑް ޖެހި ކޮވިޑް ބަލިން ރަނގަޅުވަމުން އަންނަނިކޮށް އޭނާގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން މިލްކާ މަރުވިއިރު އޭނާގެ އަންހެނުން ވެސް ވަނީ ކޮވިޑް ބަލީގައި މިދިޔަ ހަފްތާގައި މަރުވެފައެވެ.

މިލްކާ ސިންހް އަށް ބިނާކޮށް ބޮލީވުޑުން ވަނީ ބަޔޮގްރަފިކަލް ޑްރާމާ އެއް ވެސް އުފައްދާފައެވެ. ފަރުހާން އަޚްތަރު މިލްކާގެ ރޯލު ކުޅުނު ފިލްމު "ބާކް މިލްކާ ބާގް" އަކީ 2013 ވަނަ އަހަރު ނެރުނު ފިލްމެކެވެ. މި ފިލްމުވެގެން ގޮސްފައިވަނީ އެ އަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

މިލްކާ މަރުވުމާއެކު ބޮލީވުޑްގެ ގިނަ ސެލެބްރީންނެއް އަންނަނީ ހިތާމަފާޅުކުރަމުންނެވެ.

comment ކޮމެންޓް