އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފުޅާކުރަނީ

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފުޅާކޮށް، ހިދުމަތް ދިނުމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީ އާއި މިނިސްޓްރޯ އޮފް ސްޓޭޓް ފޯ ޕޯޓްސް ޝިޕިން އެންޑް ވޯޓާ ވޭސް އިން އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވަނީ ސީޕްލޭންގެ ދަތުރުތައް ފަށައިފަ އެވެ. ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމުގެ މަތިން އަހުމަދުއާބާދާއި ކެވާދިއާ އާއި ދެމެދު ދަތުރުތައް ކޮށްފައިވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ސްޕައިސް ޖެޓާ މޯލްޑިވިއަން އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަންގެ ސީޕްލޭން އާއި ކްރޫން ބޭނުންކޮށްގެން ސީޕްލޭންގެ ހިދުމަތް ދީފައިވެއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީ އާއި މިނިސްޓްރޯ އޮފް ސްޓޭޓް ފޯ ޕޯޓްސް ޝިޕިން އެންޑް ވޯޓާ ވޭސް އިން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ގައުމުގެ އެކި ސަރަހައްދުތަކިގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ޑިވެލޮޕް ކުރާނެ އެވެ. މިއީ އެގައުމުގެ ރިމޯޓް ސަރަހައްދުތައް ގުޅާލާ، ރިލިޖަސް ޓޫރިޒަމް ދިރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް ބުންޏެވެ.

އޮޕަރޭޝަން ރޫޓްސް ކަނޑައަޅައި ދަތުރތައް ފެށުމާ ގުޅޭ މަސައްކަތްތައް ކުރާނީ ދެ މިނިސްޓްރީން ގުޅިގެންނެވެ.

comment ކޮމެންޓް