ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަނީ

ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން ވީޑިއޯ އެއް އާންމުކޮށްފި އެވެ.

ފުލުހުން އާންމުކުރި ވީޑިއޯ އިން ފެންނަނީ ބަގީޗާގައި ހުންނަ ދޫނި ކޮށްޓެއްގެ ތެރެއަށް ވަދެ، ދޫންޏެއް ހިފައިގެން ނިކުންނަ ތަނެވެ.

ފުލުހުން ބުނީ 12 މެއި ވަނަ ދުވަހު ކުޑަކުދިންގެ ބަގީޗާ ތެރޭގައި ހުރި ދޫނި ކޮއްޓަކުން ދޫންޏެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓުމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހާ އާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރަން އެދޭ ކަމަށެވެ.

މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 486858 އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް