މިއަދު އިތުރު 372 ކޭސް، މާލެ ސަރަހައްދުން 125

އޭޕްރީލް 19، 2021: މާލޭގެ ބޮޑުތަކުރުފާނު މަގު ހަވީރު ވަގުތު ބާރުބޮޑުވެފައި--ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އިތުރު 372 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 125 މީހުންނާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުން 215 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 30 މީހުންނާއި ސަފާރީތަކުން އެކަކު އަދި ސިނާއީ ރަށްރަށުން އެކަކު ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 70،673 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 8،703 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 82 މީހަކަށެވެ.

މިއަދު ބަލިން ރަނގަޅުވީ 992 މީހުންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 61،761 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 198 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް