ބްލެކް ވިޑޯގެ އާ ޕްރޮމޯ އެއް ދައްކާލައިފި

ޓީޒާގެ މަންޒަރެއް---

އެމެރިކާގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޮހޭންސަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބްލެކް ވިޑޯ"ގެ އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.

މާވެލް ސްޓޫޑިއޯ އިން ގެނެސްދޭ މި ފިލްމުގައި ކިޔާދޭނީ ސްކާލެޓް އެވެންޖާއަށްވުމުގެ ކުރިން އޭނާ ގެ ދިރިއުޅުން އޮތްގޮތެވެ. އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމަކީ ސިނަމާތަކުގައި އެޅުވުމަށް ފަހު އޮންލައިން ޕްލެޓްފޯމުން ވެސް ރިލީޒްކުރާނެ ފިލްމެކެވެ.

އޮންލައިން ކޮށް ސްޓްރީމްކުރާނެޕްލެޓްފޯމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާއެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ. އެ ފިލްމު އެ ދުވަސްވަރު ނޭޅުވުނީ ކޮވިޑގެ ސަބަބުންނެވެ.

ސްކާލެޓް ޖޮހޭންސަންގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ރޭޗަލް ވިޒް، ޑޭވިޑް ހާބަރ އަދި ފްލޮރޭންސް ޕަގް އެވެ.

comment ކޮމެންޓް