ކޮވިޑް19 ޖެހި, ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވި މީހާ މަރުވީ ކޮވިޑް19 އާ ގުޅިގެން ނޫންކަމަށް ކަނޑައަޅައިފިއެވެ.
އެޗްޕީއޭއިން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނީ މިއަދު ހެނދުނު ޑީއެޗް11 ގައި 55 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށާއި އެއީ ރާއްޖެއިން ކޮވިޑް19 ޖެހިގެން މަރުވި 198 ވަނަ މީހާ ކަމަށެވެ.
އެހެން ނަމަވެސް އެޗްޕީއޭއިން މިރޭ ބުނީ އެ މަރާ ގުޅޭ ކަންކަން އިތުރަށް ބެލުމަށްފަހު, އެ މީހާ މަރުވާން މެދުވެރިވި ސަބަބަކީ ކޮވިޑް19 ބަލި ނޫންކަމަށް ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން އޭނާގެ މަރަކީ ކޮވިޑް19ގެ ސަބަބުން ދިމާވި މަރެއް ނޫންކަމަށް ކަނޑައަޅާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިއަދުގެ މަރަކީ ކޮވިޑް ކަމެއް ނޫންކަމަށް ކަނޑައެޅުމުން ރާއްޖޭގައި ކޮވިޑް19 ޖެހިގެން މިހާަތަނަށް މަރުވެފައިވަނީ 197 މީހުންނެވެ.