އަމިއްލަ ޕޯސްޓްޕެއިޑު ކަސްޓަމަރުންނަށް އަމިއްލަޓީވީ އިން ޔޫރޯ ބެލޭނެ

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "އަމިއްލަ ޓީވީ އެޑްއޮން" އެކްޓިވޭޓް ކޮށްގެން ޔޫރޯ 2020 ގެ މެޗުތައް ބެލޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

އަމިއްލަ ޕޯސްޓްޕެއިޑަކީ މި އަހަރު ކުރީކޮޅު ދިރާގުން ތައާރަފުކުރި އާ ޕްލޭނެކެވެ. އެ ޕްލޭނާއެކު ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން ޕްލޭން ކަސްޓަމައިޒް ކުރެވޭނެ އެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެއެވެ. މީގެ އިތުރުން "ވެލިއު ޕެކްސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެއެވެ.

ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާގެ އިތުރުން ސްޓްރީމިންގް އެޑްއޮންސްގެ ތެރޭ ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނާފައިއެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އެކި ހިދުމަތްތަކަށް ގެންނަ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރަނީ ދިވެހިންގެ ތެރޭގައި އެންމެ ފަހުގެ އަދި މަގުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ޒައްރިއްޔާ މެދުވެރިކޮށް ގެނެސްދޭން ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް