ކޮވިޑަށް ފަރުވާކުރަމުންދިޔަ އިތުުރު މީހަކު ނިޔާވެއްޖެ، ޖުމްލަ އަދަދު 185 އަށް

ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު ނިޔާވެފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާދެމުން ދިޔަ 41 އަހަރުގެ ދިވެހި އަންހެނެކެވެ.

އެމީހާ ނިޔާވެފައި ވަނީ މިރޭ 19:40 ކަންހާއިރު ކަމަށް އެޗްޕީއޭން ބުންޏެވެ.

މިއީ މިއަދު މި ބަލީގައި ނިޔާވި ތިން ވަނަ މީހާ އެވެ. އަދި ރާއްޖެއިން ބަލި ޖެހިގެން މަރުވި ޖުމްލަ 185 ވަނަ މީހާ އެވެ.

މިދިޔަ މޭ މަހަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް ޖެހިގެން މީހުން ނިޔާވި މަހެވެ. އެގޮތުން މޭ މަހު އެކަނި ވެސް 80 އަށް ވުރެ ގިނަ މީހުން ނިޔާވިއިރު މޭ މަސް ނިމި ޖޫން މަހަށް އައިއިރު ބަލީގައި ނިޔާވާ މީހުންގެ އަދަދު މިވަނީ ކޮންމެވެސް ވަރަކަށް ހިފެހެއްޓިފަ އެވެ.

ބަލި ފެތުރޭ މިންވަރު މިދިޔަ ދެމަސް ދުވަސްތެރޭ އިތުރުވެގެންދިޔުމާ އެކު ހުޅުމާލެ ހޮސްޕިޓަލް ވެސް ވަނީ ކޮވިޑްގެ ފަރުވާ ދިނުމަށް ހާއްސަ ކުރެވިފަ އެވެ.

comment ކޮމެންޓް