ކޮވިޑު ކެޕޭސިޓީގެ ތަފްސީލު ހޯދަން ހައިތަމްގެ ސުވާލު ނަސީމަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ކޮވިޑް19ގެ ހާލަތު ގޯސްވެ، ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާ މި ދަނޑިވަޅުގައި ބައްޔަށް ފަރުވާ ދިނުމަށް ރާއްޖޭގައި ހުރި ކެޕޭސިޓީގެެ ތަފްސީލު ހޯދުމަށް މައްޗަންގޮޅި ދެކުނުދާއިރާގެ މެންބަރު އަހުމަދު ހައިތަމް، މިނިސްތްރީ އޮފް ހެލްތު އަހުމަދު ނަސީމާ ސުވާލު ކުރެއްވުމަށް ނޯޓިސް ފޮނުއްވައިފި އެވެ.

ހައިތަމް އެދިވަޑައިގެންފައި ވަނީ ސުވާލުތަކުގެ ޖަވާބު ލިޔުމުން ހޯއްދެވުމަށެވެ.

އެގޮތުން ބަލި 19،669 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި މަހެއް ތެރޭ 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ތިބި ހެލްތު ޕްރޮފެޝަނަލުންގެ އަދަދާއި ކޮވިޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުރި އެނދުތަކުގެ ތަފްސީލު ހޯދުމަށް ވަނީ އެދިލައްވައިފަ އެވެ.

މީގެ އިތުރުން ކޮވިޑު ބައްޔަށް ފަރުވާ ދިނުމާ ގުޅޭ އޮކްސިޖަން، ވެންޓިލެޓަރު އަދި ބޭހުގެ ތަފްސީލު ހޯދުމަށްވެސް މެންބަރު ހައިތަމް ވަނީ އެދިލައްވައިފަ އެވެ.

comment ކޮމެންޓް