އައްޑޫ، ފުވައްމުލައް އަދި ގަމުގައި ފިޔަވަޅުތައް ހަރުކަށި ކޮށްފި

އައްޑޫ ސިޓީ --- ފޮޓޯ/ ފޭސްބުކް

ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ލ. ގަމުގައި އަޅާފައިވާ ފިވަޅުތައް ހަރުކަށި ކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ވަނީ އެ ތިން ސަރަހައްދަށް ފިޔަވަޅުތައް ހަރުކަށިކޮށް އެކަން އަންގާފަ އެވެ. އެނގުމުގައި ވާގޮތުން ހަވީތު ހަތަރަކުން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ޕާޓީތަކާއި ހަފްލާތައް ބޭވުން މަނާ ކުރުމާއި އައްޑޫ ސިޓީގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި ފުވައްމުލައް ސިޓީ އާއި ލ.ގަމުގައި އެއް އަވަށުން އަނެއް އަވަށަށް ދިއުން މަނާ ކުރުންވެސް ފިވަޅުު ތަކުގެ ތެރޭގައި ހިމެނެ އެވެ.

އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމާއި އެއްފަހަރާ ތިން މީހުންނަށްވުރެއް ގިނައިން ބޭރަށް ނުކުތުން މަނާ ކުރުމާއި ސެލޫން ޖިމް އަދި ބޯކޮށާ ތަންތަން ބަންދު ކުރުމަށްވެސް ވަނީ އަންގާފަ އެވެ.

  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން
  • ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން
  • ފިހާރަތކުން ހިދުމަތްދޭއިރު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން
  • ޔުނިވަސިޓީ އަދި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުން ހުއްޓާލުން

އެ ފިޔަވަޅުތަކުން އިސްތިސްނާ ވާނެ ކަމަށް އެންގުމުގައި ބުނެފައި ވަނީ ސިފައިންނާއި ފުލުހުން ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުން އަދި އެމްބިއުލެންސްގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި އެމަޖެންސީ ސިއްހީ ހިދުމަތް ހޯދަން ޖެހޭ ފަރާތްތަކެވެ.

އައްޑޫ، ގަން އަދި ފުވައްމުލަކުގައިވެސް ކޮވިޑް ކޭސްތައް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

comment ކޮމެންޓް