ފުވައްމުލަކުންް އަދިވެސް ފެން ނުހިނދޭ، އިތުރު ފަސް ޕަމްޕު ފޮނުވައިފި

ފުވައްމުލަކަށް ކުރި ވިއްސާރާގައި ގެއެއްގައި ފެންބޮޑުވެފައި --

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގއި ފުވައްމުލައް ސިޓީގައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް އެއްކޮށް ހިންދާ ނުލެވޭ ކަމަށާއި ފެން ހިންދުމުގައި ބޭނުންކުރާނެ އިތުރު ފަސް ޕަމްޕު މިހާރު އެ ސިޓީ އަށް ފޮނުވާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ އިން ބުނެފި އެވެ.

އީދު ވިލޭރޭ އިން ފެށިގެން ފުވައްމުލަކަށް ބޯކޮށް ވާރޭވެހި އެ ރަށުގެ އެތައް ސަތޭކަ ގެއަކަށް ފެންވަދެ ހިފައި ގެންގުޅޭ ސާމާނަށް ވަނީ ގެއްލުން ވެފަ އެވެ.

ޑިޒާސްޓާ މެނޭޖުމެންޓުން ބުނީ އެ ސިޓީގެ ބިންގަނޑު ތިރި ސަރަހައްދުތަކުން އަދިވެސް ފެން ހިންދާނުލެވޭ ކަމަށާއި ފެން ހިންދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާ ކަމަށެވެ. އަދި މަސައްކަތް އިތުރަށް ހަލުވި ކުރުމަށް އިތުރު ފަސް ޕަމްޕު މިއަދު އެ ސިޓީ އަށް ފޮނުވާފައިވާ ކަމަށް ބުންޏެވެ.

ފުވައްމުލަކުގައި ފެން ބޮޑުވެފައިވާއިރު ނަރުދަމާ ނިޒާމު ހަލާކުވެ، ނަޖިސް ބޭރުވާ މައްސަލަވެސް ވަނީ ކުރިމަތިވެފައެވެ.

https://sun.mv/152292

comment ކޮމެންޓް