10 ދުވަހުގެ ސާމްޕަލްތަކުން 1،572 މީހުން، މިއަދު 844 މީހުން ޕޮޒިޓިވް

ފެބްރުއަރީ 18، 2021: މާލޭގެ މަގުމަތި ކާފިއު އިއުލާންކޮށްފައިވާ ވަގުތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިހަ ދުވަހުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 1،572 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު، ފާއިތުވި 10 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން 1،315 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެހެން ރަށްރަށުން 242 މީހަކު، ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ފާއިތުވި 10 ދުވަހުގެ ނަންބަރުތައް ބެހިފައިވާގޮތް:

މިމަހުގެ ތިންވަނަ ދުވަހު އެކަކު، ހަތަރު ވަނަ ދުވަހު ތިން މީހަކު، ފަސްވަނަ ދުވަހު 16، ހަ ވަނަ ދުވަހު 17، ހަތް ވަނަ ދުވަހު 20 އަދި އަށް ވަނަ ދުވަހު 666، ނުވަ ވަނަ ދުވަހު 165، 10 ވަނަ ދުވަހު 440 އަދި 11 ވަނަ ދުވަހުގެ 828 އާއި މިއަދުގެ 16 އެވެ.

މިއާއެކު އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް ޕޮޒިޓިވް ކޭސްގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 844 މީހުންނެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މިވަގުތު 263 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ހަ މީހަކު ތިބި އިރު އޭގެ ތެރެއިން ތިން މީހަކު ތިބީ ވެންޓިލޭޓަރުގައެވެ. ޑީއެޗް 17 ގައި ފަސް މީހަކަށް، ޑީއެޗް16 ގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 222 މީހަކަށް ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން އަށް މީހަކު ތިބީ އައިސީޔޫގައެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ. އަދި އައްޑޫ ފެސިލިޓީގައި އެކަކަށް އޭދަފުށީގައި ދެ މީހަކަށް، ފުނަދޫގައި ހަތް މީހަކަށް އަދި ގަމުގައި ހަ މީހަކަށް، ހުޅުމާލެ ހޮސްޕިޓަލުގެ ފެސިލިޓީގައި ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާރު ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ ވަނީ 12،873 އަށް އަރައިފައެވެ. ބަލީގައި 87 މީހަކު މަރުވެފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 27،123 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 328 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިވަގުތު ރާއްޖޭގެ 43 ރަށެއް އޮތީ މޮނީޓަރިންގަ އެވެ.

comment ކޮމެންޓް