ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން މާލީ ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތު އަދާކުރަން އަންގައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔާ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ކަމަށާއި ކައުންސިލް ތަކަށް އައްޔަނު ކުރެވޭ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްތަކުގެ މާލީ ޒިންމާދާރު ވެރިން ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުއްވި މާލިއްޔަތާ ބެހޭ ސާކިޔުލަގައި ބުނީ ލާމަރުކަޒީ ގާނޫނުގެ 121 ވަނަ މާއްދާގެ ދަށުން އެ މާއދާގެ (ށ) ގެ 2 ގައި ، މާލިއްޔަތު ގާނޫނުގެ ބޭނުމަށް ކައުންސިލްތަކުގެ ސެކްރެޓަރި ޖެނެރަލުންނަކީ އެ ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ސެކްރެޓަރީ ޖެނެރަލުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މާލިއްޔަތުގެ ގާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެމަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން ހިމެނޭ ކަމަށް އެ ސާކިޔުލާގައި ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިޔުލާގައި ބުނީ ކައުންސިލްތަކަށް އައްޔަންކުރެވޭ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްތަކުގެ މާލީ ޒިންމާދާރުވެރިން ކަމަށާއި އެގޮތުން އައްޔަނުކުރާ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައި ކަ ނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ދަންނަވާ ކަމަށެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލުންގެ މަގާމަށް އައްޔަނުކުރާ ކުރާ ފަރާތްތަކަކީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގެ ގާބިލްކަން ހުރި ބަޔެއްކަމަށް ކަށަވަރު ކުރުމަށްވެސް އެ ސާކިޔުލާގައި ވެއެވެ.

comment ކޮމެންޓް