ރަޝިއާގެ ސްޕަޓްނިކް ވެކްސިނަށް ރާއްޖެއިން ހުއްދަ ދީފި

ރަޝިއާގެ ސްޕަޓްނިކް ވެކްސިން

ކޮވިޑް19 އިން ރައްކާތެރިވުމަށް ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް" ވެކްސިނަށް ރާއްޖެއިން ހުއްދަ ދީފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެ ވެކްސިނަށް ހުއްދަ ދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ދިނުމަށެވެ. އެމްއެފްޑީއޭ އިން ބުނީ އެ ވެކްސިނަށް ހުއްދަ ދީފައިވަނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން ގައި ބޭނުން ކުރުމަށް ކަމަށެވެ.

މިއީ ކޮވިޑުގެ މިހާލަތުގައި ރާއްޖޭގައި އެފަދައިން ހުއްދަ ދިން ހަތަރު ވަނަ ވެކްސިން އެވެ. މީގެ ކުރިން ފައިޒާ، ކޮވިޝީލްޑު އަދި ސައިނޯފާމް ވެކްސިނަށް ވެސް ވެސް ވަނީ އެމްއެފްޑީއޭ އިން އިމަޖެންސީ ހުއްދަަ ދީފަ އެވެ.

އެމްއެފްޑީއޭ އިން ބުނީ އެ ވެކްސިނަށް ހުއްދަ ދިނީ ބަލަން ޖެހޭ ކަންތައް ބެލުމަށްފަހު، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައްވެސް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

މި ވެކްސިން އަކީ މިހާތަނަށް 66 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ދީފައިވާ ވެކްސިނެކެވެ. ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 18 ޑިގްރީ ސެލްސިއަސްގަ އެވެ.

އެމްއެފްޑީއޭ އިން ބުނީ ވެކްސިނަށް ހުއްދަ ދީފައިވަނީ ވެކްސިން ރާއޖެއަށް އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެ ކުރުމަށްފަހު އަދި އެ ހިިފާ ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަތުރު ކުރުމަށް ފަހު ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ އެ ހުރިހާ ކަމެއް އެ އިދާރާ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި އެޗްޕީއޭ އިން ގާތުން ބަލާނެ ކަމަށެވެ.

comment ކޮމެންޓް