މާލެ އިން އަންހެނަކު ގެއްލިގެން ހޯދަނީ 

މާލެއިން ޒުވާން އަންހެނަކު ގެއްލިގެން އޭނާ ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ.

ގެއްލިގެން ހޯދަނީ މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ (21އ) އެވެ.

ފުލުހުން ބުނީ މި މެއި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން އާމިނަތު ހުމައިނާ ޒަކަރިއްޔާ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށްރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށެވެ.

އާމިނަތު ހުމައިނާ ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ހުދުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއްް ކަމަށް ފުލުހުން ބުންޏެވެ.

އާމިނަތު ހުމައިނާ ޒަކަރިއްޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.

comment ކޮމެންޓް