ހިޔާނާތުގެ ލިސްޓުގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 ފަރާތެއް ހިމެނޭ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން 119 ފަރާތަކީ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކެއް ކަމަށް ކޮމިޓީއިން މިއަދު އާންމުކުރި މައުލޫމާތުތަކުން އެނގިއްޖެ އެވެ.

މަޖިލީހުގެ ޖޮއިންޓް ކޮމެޓީ އިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓާ އެކެ އެ ރިޕޯޓް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓްގައި މިހާރު ވަނީ އާންމުކޮށްފަ އެވެ.

ކޮމިޓީއިން އެކުލަވާލައި މިއަދު ފާސްކުރި ރިޕޯޓްގެ ޖަދުވަލެއްގައި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިއްބެވި ފަރާތްތަކާއި މީގެ ކުރިން މަގާމުތައް ފުރުއްވި ފަރާތްތައް ވަކި ލިސްޓެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރު މެންބަރުކަން ކުރައްވަމުން އަންނަ ފަރާތްތަކާއި މީގެ ކުރިން މަގާމެއް ފުރުއްވުމަށް ފަހު މިހާރު ވަކިވެފައިވާ ފަރާތްތަކާއި މިހާރުވެސް މަގާމުތައް ފުރުއްވާ ފަރާތްތައް އެ ލިސްޓުގައި ވަނީ ހިމަނައިފަ އެވެ. އަދި މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކުގެ ފަރާތްތައް ވެސް ހިމެނެ އެވެ.

ރޭ އާންމުވެފައިވާ ފޭކް ލިސްޓުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ ނަންއޮވެ އެވެ. އެހެން ނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުގައި އެ ތިން މީހުންގެ ނަމެއް ނެތެވެ.

ޖޮއިންޓް ކޮމިޓީގެ މުގައްރިރ،ު މާފާންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މިއަދު ކޮމިޓީގައި ވިދާޅުވީ، ކޮމިޓީން އާންމު ކުރާ ލިސްޓަކީ، އެސެޓް ރިކަވަރީ ކޮމިޝަނުން އެ ކޮމިޓީއަށް ފޮނުވި ލިސްޓު ކަމަށެވެ. އަދި އެ ކޮމިޝަންގެ ލިސްޓަށް އެއްވެސް އުނިއުތުރުކަމެއް ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މަޖިލީހުން އާންމު ކުރި އެ ލިސްޓުގައި މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން އޭރުގެ ސަރުކާރުގެ މިނިސްޓަރުންނާއި މިހާރުގެ ސަރުކާރުގެ މިނިސްޓަރުން ވެސް ހިމެނެ އެވެ.

comment ކޮމެންޓް