މިއަދު 1204 ޕޮޒިޓިވް ކޭސް، މާލެއިން 961 މީހުން ޕޮޒިޓިވް

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް 1204 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރެއިން 961 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު ކޮވިޑް 19 ޖެހި ފަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 10،376 ގަ އެވެ. އޭގެތެރެއިން 244 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 235 ކޭސްއެއް ފެނިފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށޫންނެވެ. އަދި އަށް ކޭސްއެއް ރިސޯޓުތަކުންނެވެ.

މިއަދު 1204 މީހަކު ޕޮޒިޓިވްވެފައި ވަނީ 5598 ސާމްޕަލްގެ ތެރެއިންނެވެ.

ކޮވިޑް 19 އަށް މިހާތަނަށް 37،019 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވެފަ އެވެ. ބަލީގައި 87 މީހަކު ވަނީ މަރުވެފަ އެވެ. މިއަދު އެކަނި ތިން މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް