އުރީދޫގެ ހިދުމަތް ޑިޖިޓަލްކޮށް ހޯދަން އެދެފި

އުރީދޫ ޑިޖިޓަލް ސެންޓަރު -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްގެ ކަސްޓަމާ ކެއާގެ ހިދުމަތް ޑިޖިޓަލްކޮށް ހޯދުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

އުރީދޫއިން މިއަދު ނެރެނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް 19 ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަސްޓަމާ ކެއާ ހިދުމަތް ދޭ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޑިޖިޓަލް ޒަރިއްޔާ މެދުވެރިކޮށް ހިދުމަތް ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް އުރީދޫ ޙިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު އޮންލައިންކޮށް ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ،" އުރީދޫއިން ބުންޏެވެ.

​​އުރީދޫ އެޕް މެދުވެރިކޮށް ފޯރުކޮށްދެވޭ ޙިދުމަތްތައް:

• ޕްރިޕެއިޑް ރިޗާޖްކުރުން
• އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުން
• އޮންލައިންކޮށް ޝޮޕްކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ޑެލިވެރީގެ ހިދުމަތް މުޅިން ހިލޭ
• އެމް-ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުން
• 24 ކަސްޓަމާ ސަރވިސްގެ ޙިދުމަތް ލިބުން
• ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޕްލޭން އަޕްގްރޭޑް ކުރުން

އުރީދޫ އެޕްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ވެސް ޙިދުމަތްތައް ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި މިލުތައް ދެއްކުމާއި ރީޗާޖް ކުރުމާއި އެމް ފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރުން ހިމެނެ އެވެ.

comment ކޮމެންޓް