ކުޅުދުއްފުށީގައި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޖެނުއަރީ 24، 2020: ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް މި ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހދ. ކުޅުދުއްފުށީގައި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ގެސްޓްހައުސް އެއްގައި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ރޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކުޅުދުއްފުށީގައި ކުޑަކުއްޖަކު ގްރޫމްކޮށްގެން އެ ކުއްޖާ އާއެކު ޖިންސީ އަމަލެއް ހިންގި މީހަކު ރައްޔިތުން ނިކުމެ ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ. އަދި އެއީ އެމްއެންޑީއެފްގެ އޮފިސަރެއް ކަމަށް ވެސް، ރައްޔިތުންގެ ތެރެއިން އަޑުއުފުލި ބަޔަކު ބުނަމުން ދިޔަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން އެމްއެންޑީއެފުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

comment ކޮމެންޓް