ބަތަލާ ކަންގަނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބަތަލާ ކަންގަނާ—

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާ ކަންގަނާ ރަނައުތު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެކަން ހާމަކުރަމުން އިންސްޓަގްރާމަށް ކުރި ޕޯސްޓެއްގައި ކަންގަނާ ބުނީ އޭނާގެ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝް އަށް ދާން ބޭނުންވެގެން ކޮވިޑަށް ޓެސްޓްކުރި ކަމަށާއި އޭގެނަތީޖާ އައީ ޕޮޒިޓިވްކޮށް ކަމަށެވެ. ނަތީޖާ ލިބުމާއެކު އަވަހަށް ގޭގައި ކަރަންޓީނުވި ކަމަށް ވެސް ކަންގަނާ ވަނީ ބުނެފަ އެވެ.

ކަންގަނާ ބުނީ އަމިއްލަ ނަފްސަށްވުރެ ކޮރޯނާ ގަދަނުކުރުމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ. ބަތަލާ ކޮވިޑަށް ޕޮޒިޓިވްވިއިރު އިންޑިއާއަކީ މި ވަގުތު ކޮވިޑްގެ ނުރައްކާ އޮތް އެންމެބޮޑު ގައުމެވެ. އެ ގައުމުގައި ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު އަންނަނޯ ޕޮޒިޓިވްވަމުންނެވެ.

ދާދިފަހުން ބަތަލާ ކަންގަނާގެ ޓްވިޓާ އެކައުންޓް ވަނީ ދާއިމަަށް ސަސްޕެންޑުވެސް ކޮށްލާފަ އެވެ. ޓްވިޓާގެ އުސޫލުތަކާ ހިލާފަށް ޓްވީޓްކުރަމުންދާ ކަމަށް ބުނެ އެ ޕްލެޓްފޯމުންކަންގަނާ ބޭރުކޮށްލި އިރު އޭނާ ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް