ޖެސީ ވިލިއަމްސް "ގްރޭސް އެނަޓަމީ" ދޫކޮށްލަނީ

ޝޯގެ ތަރި ޖެސީ ވިލިއަމްސް---

ދެހާސް ފަސް ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ މަގްބޫލު ސީރީޒް "ގްރޭސް އެނަޓޮމީ"ގެ ތަރި ޖެސީ ވިލިއަމްސް އެ ޝޯ ދޫކޮށްލަން ނިންމައިފި އެވެ.

އޭބީސީގެ މަޝްހޫރު ޝޯ ގައި ޖެސީ ފެނިގެންދަނީ ޖެކްސަން އޭވަރީ ކިޔާ ކެރެކްޓާއަކުންނެވެ. ބެލުންތެރިންގެ ލޯތްބާއި މަގްބޫލުކަން ހޯދާފައިވާ މި ޝޯ އިން ޖެސީ ވަކިވާން އުޅޭކަން އެންމެ ފަހުގެ އެޕިސޯޑުގައި ވަނީ އަންގާފަ އެވެ. ޖެކްސަން އޭވަރީ ކެރެކްޓާގެ އެންމެ ފަހުގެ ފެނިލުން ފެނިގެންދާނީ މި މަހު 20 ވަނަ ދުވަހުގަ އެވެ. ޖެސީ މި ޝޯ އާ ގުޅުނީ ސީޒަން ހަޔަކުންނެވެ. އޭނާ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ސަމާލުކަން ދަމައިގަތް ތަރިއެކކެވެ.

ގޯލްޑެން ގްލޯބާއި އެމީ އެވޯޑް ވެސް ހޯދާފައިވާ މި ސިލްސިލާގެ 17 ވަނަ ސީޒަން މިހާރު ދައްކަމުން އަންނައިރު މި ސީރީޒްގެ 18 ވަނަ ސީޒަން ވެސް ގެނެސްދޭނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

comment ކޮމެންޓް