ޝިލްޕާގެ އާއިލާ ކޮވިޑަށް ޕޮޒިޓިވް، ޝިލްޕާ ނެގަޓިވް!

ޝިލްޕާ ޝެޓީގެ އާއިލާ---

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޝިލްޕާ ޝެޓީގެ އާއިލާގެ ގިނަ މެންބަރުތަކަކަށް ކޮވިޑް19 ޖެހިއްޖެއްޖެ އެވެ.

އެ ޚަބަރު ހިއްސާކުރަމުން ޝިލްޕާ ކުރި ޓްވީޓެއްގައި ބުނީ ފާއިތުވެދިޔަ 10 ދުވަހަކީ އޭނާ އަށާއި އާއިލާ އަށް ވަރަށް ދަތި ދުވަސްކޮޅެއް ކަމަށާއި ފިރިމީހާ ރާޖްގެ އިތުރުން އޭނާގެ މައިންބަފައިންނާ ޝިލްޕާގެ މަންމަގެ އިތުރުން ޝިލްޕާގެ ދެކުދިން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ހުރިހާ އެންމެން ވެސް އެމީހުންގެ އަމިއްލަ ކޮޓަރީގައި އައިސޮލޭޓްވެގެން ތިބި ކަމަށާއި ޑަކްޓަރުންގެ ލަފައާ އެއްގޮތަށް ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ.

ޝިލްޕާ ބުނީ އެމީހުންގެ އިތުރުން ގޭގައި އުޅޭ ދެ ސްޓާފުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެދެމީހުންނަށް ފަރުވާ ދެމުން އަންނަނީ މެޑިކަލް ފެސިލިޓީގައި ކަމަށެވެ. ގޭގައި އުޅޭ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ޝިލްޕާގެ ޓެސްޓުގެ ނަތީޖާ ނެގަޓިވް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާގެ އެންމެ ކުޑަ ދަރިފުޅު ޝަމީޝާ އަކީ ސަރަގޭޓް މަންމައެއް މެދުވެރިކޮށް ހޯދި ދަރިއެކެވެ. އެ ކުއްޖާއަށް ވީ އަހަރެކެވެ.

ބަތަލާ ޝިލްޕާގެ އާއިލާ ކޮވިޑަށް ޕޮޒިޓިވްވިއިރު އޭނާ ވަނީ އޭނާ ޖަޖުކަން ކުރާ ޝޯ "ސުޕަ ޑާންސާ"ގެ ޖަޖުކަން ކުރުން ވެސް ދޫކޮށްލާފައެވެ. މިހާރު އެ ޝޯގައި ޖަޖުކަން ކުރާނީ މަލައިކާ އަރޯރާއެވެ.

comment ކޮމެންޓް