އެސްޓީއޯއިން ބިސް ކޭހެއްގެ އަގު 100 ރުފިޔާއަށް ކުޑަކޮށްފި އެވެ.
ރޯދައަށް ހާއްސަކޮށްގެން އެސްޓީއޯއިން ގިނަ އަަދަދެއްގެ ބިސް ރާއްޖެ ގެނެސްފައިވާއިރު މިއަދުން ފެށިގެން 100 ރުފިޔާއަށް ބިސް ކޭހެއް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ އިއުލާނުކޮށްފަ އެވެ.
މީގެ ކުރިން އެސްޓީއޯއިން ބިސް ކޭހެއް ވިއްކާފައި ވަނީ 225 ރުފިޔާ އަށެވެ.
އެސްޓީއޯއިން ބުނެފައިވަނީ ރޯދަ މަހު އެއްކޮށްވެސް ފިޔާ އަލުވި ބިސް ހުސްނުކޮށް ލިބޭނެ ކަމަށެވެ.
އެސްޓީއޯއިން ވަނީ ފިޔަލުގެ އަގުވެސް 100 ރުފިޔާއެއް ބަސްތާއަކަށް ކުޑަކޮށްފަ އެވެ.