ހޯރަފުށީގައި ހަ ގެސްޓްހައުސް އަޅަން ބީލަމަށް

ހއ. ހޯރަފުއްޓާ ގުޅިފައިވާ އެއާޕޯޓު: ----

ހއ. ހޯރަފުށީގެ އިތުރު ހަ ބިމެއްގައި ގެސްޓްހައުސް އަޅަން ނިންމައިފި އެވެ.

މީގެ ކުރިން ވެސް އެރަށުގައި ގެސްޓްހައުސް އަޅަން ހަތް ބިމެއް ވަނީ ބީލަމަށް ލައިފަ އެވެ.

ހޯރަފުށި ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ލޭންޑް ޔޫސްޕްލޭނާ އެއްގޮތަށް ރަށުގެ ޓޫރިޒަމް ޒޯނުން ގެސްޓްހައުސް އަޅަން ބިންތަކެއް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ލީޒް، ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަން އުސޫލުން ހިންގުމަށް ހަ ގެސްޓްހައުސް ތަރައްގީ ކުރަން ހުޅުވާލާ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކުން މެއި މަހުގެ 18 ވަނަ ދުވަހު ބާއްވާ ޕްރީ ބިޑް ސެޝަންގައި ބައިވެރިވުމަށް ރެޖިސްޓާކުރަން ހުޅުވާލާ ކަމަށް އިއުލާނުގައި ބުންޏެވެ.

މި ޕްރޮޖެކްޓުގެ ބިޑް ޑޮކިޔުމެންޓިގެ އަގަކީ 500 ރުފިޔާ އެވެ. ކޮންމެ ބިމަކަށް ވެސް ވަކިން ބިޑް ކުރަންޖެހޭ އިރު، ބިޑް ހުށަހަޅަން ޖެހެނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 1:00 އަށް ހޯރަފުށީ ކައުންސިލަށެވެ.

ހޯރަފުށީގައި ގެސްޓްހައުސް އެޅުމަށް ހަ ބިމެއް ދޫކުރަން ނިންމި އިރު މީގެ ކުރިން ހަތް ބިމެއް ދޫކޮށްފައިވެ އެވެ. އަދި އެ ރަށުގައި މިހާރު ވެސް ހަތަރު ގެސްޓްހައުސް ހިންގަ އެވެ.

comment ކޮމެންޓް