ސްވިސް މާކެޓުގައި ރާއްޖެ އިޝްތިހާރުކުރަން ކެމްޕެއިނެއް

އެޑެލްވައިސްގެ ފްލައިޓެއް ---

ސްވިސް މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސް އިން ކެމްޕެއިނެއް ފަށައިފި އެވެ.

"ލެޓްސް ގޯ ޓުއާސް" އާ ގުޅިގެން ފެށި މި ކެމްޕއިނުގައި އޮންލައިން އަދި އޮފްލައިން ޕްލެޓްފޯމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އޭޕްރީލް އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިނުގެ ތެރެއިން ސްވިޒަލޭންޑުގެ ނިއުސްލެޓާ ތަކުގައި ރާއްޖެ ފީޗާކޮށް ސޯޝަލް މީޑިއާގައިވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.

މީގެ އިތުރު ސްވިސް މާކެޓަށް ރާއްޖެ އިޝްތިހާރު ކުރުމަށް ޑިޖިޓަލް މާކެޓިން ކެމްޕެއިނުތަކާއި ފޭމް ޓްރިޕްތައް އަދި މީޑިއާ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ސްވިޒަލެންޑަކީ އަށް ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ގައުމެވެ. ސްވިޒަލެންޑުގެ އެޑެލްވައިސް އިން ރާއްޖެ އާއި ސްވިޒަލެންޑާ ދެމެދު ދަތުރުތައް ބާއްވަމުންދާއިރު މިދިޔަ މަހުގެ 28 ގެ ނިޔަލަށް އެ އެއާލައިނުން ވަނީ 6،670 ފަތުރުވެރިން ރާއްޖެ އުފުލައިފަ އެވެ.

comment ކޮމެންޓް