މިއަހަރު މަނީ ހައިސްޓް 5 އަންނާނެ!

މަނީ ހައިސްޓްގެ ކާސްޓު--

ދިވެހިންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މަނީ ހަައިސްޓްގެ ފަސްވަނަ ސީޒަން މިއަހަރު ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ސީރީޒްގެ ފަސްވަނަ ބައިގެ ޝޫޓިން ފެށިއިރު ފަސް ވަނަ ސީޒަން އަންނާނީ މިއަހަރު ފަހުކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. މަނީ ހައިސްޓްގެ ފުރަތަމަ ސީޒަން ދެއްކީ 2017 ވަނަ އަހަރު އެވެ. ފުރަތަމަ ސީޒަނާއެކު ވެސް މި ސީރީޒަށް ވަނީ ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް ލިބިފަ އެވެ.

ޖުމްލަ 10 އެޕިސޯޑު ހިމަނައިގެން މި ސީޒަން ގެނެސްދޭއިރު މި ފަހަރުގެ ސީޒަނަކީ އެންމެ ޝައުގުވެރި ސީޒަނަށް ވެގެންދާނެ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ. މި ސީޒަން ވެގެންދާނީ މުޅި ހައިސްޓުގެ ވެސް އެންމެ ގިނަ ކަންތައް ހިނގާ އަދި އެންމެ ސަޅި ސީޒަނަކަށް ކަމަށް ހައިސްޓުގެ ޓީމުން ކަށަވަރުކޮށްދެ އެވެ.

ޚަބަރުތައް ބުނާގޮތުގައި މިފަހަރުގެ ސީޒަން އާންމުންނާ ހަމައަށް އަންނާނީ ސެޕްޓެމްބަރު މަހު ނުވަތަ އެއަށްވުރެ ފަހުންނެވެ. މިއީ މި ސީރީޒްގެ ވެސް އެންމެ ފަހު ސީޒަނެވެ.

މަނީ ހައިސްޓްގެ ޓްރެއިލާ 34 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ.

ހަތަރު ވަނަ ސީޒަން ނިމުނުއިރު ވަނީ އެންމެން ސިއްސުވައިލުމަށް ފަހު ނައިރޯބީ މަރާލައިފަ އެވެ. އަދި ފަހު އެޕިސޯޑް ނިމުނުއިރު އިންސްޕެކްޓަރު އެލީސިއާ ވަނީ ސީރީޒްގެ މައިގަނޑު ކެރެކްޓާ ޕްރޮފެސަރު ހުރި ތަނެއް ހޯދައި އޭނާ ގާތަށް ގޮސްފަ އެވެ. އަދި ހައިސްޓްގެ ހުރިހާ މެންބަރުން ވެގެން ނައިރޯބީއަށްޓަކައި ހައިސްޓް ކާމިޔާބުކުރުމަށް ވަނީ އަޒުމު ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް