މައިމޫނާ ދިރިއުޅުއްވާ ފްލެޓު ދޮށަށް އެއްވެ އަޑުއުފުލައިފި

ޑިރެކްޓާ ޖެނެރަލ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު --

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ފްލެޓު ދޮށަށް ބަޔަކު އެއްވެ އަޑު އުފުލައިފި އެވެ.

އެކަމަނާ ދިރިއުޅުއްވާ ހުޅުމާލޭ 128 ވަނަ ފްލެޓު ދޮށަށް ބަޔަކު މިރޭ އެއްވެ އަޑުގަދަކޮށް އިސްތިއުފާ އަށް ގޮވާފައި ވެއެވެ.

މައިމޫނާގެ އިސްތިއުފާ އަށް ގޮވާ އަޑު އުފުލާ ނުރުހުން ފާޅުކުރީ ޒުވާނުން ތަކެކެވެ.

އެމީހުން އަޑު އުފުލާ، މައިމޫނާގެ އިސްތިއުފާ އަށް ގޮވާފައި ވަނީ ކޮވިޑް19 ފެތުރޭ މިންވަރު މާލެ ސަރަހައްދުގައި އަނެއްކާވެސް އިތުރުވަމުންދާތީ، ޒުވާނުންތަކެއް އިންތިޒާމުކޮށްގެން ބާއްވާ ކުޅިވަރު މުބާރާތެއް މެދުކަނޑާލުމަށް ޔޫތު މިނިސްޓްރީ އިން އެންގުމުން ކަމަށް އެނގިފައި ވެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ 128 ވަނަ ފްލެޓު ދޮށަށް އެއްވެ އަޑުގަދަ ކުރާތީ އެޓެންޑުވެފައިވާ ކަމަށެވެ.

"މިހާރު މުޒާހަރާ ނިމިއްޖެ. އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ،" ފުލުހުންފެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑް19 ފެތުރޭ މިންވަރު މިދިޔަ ދެ ހަފްތާ އެއް ތެރޭ ބޮޑުތަނުުންް އިިތުރުވެފައިވާއިރު ފާއިރުވި ދެތިން ދުވަހުގެ ޕޮޒިޓިބވް ނަންބަރުތައް އުޅެނީ 300-400 އިން މަތީގަ އެވެ.

އެޗްޕީއޭ އިން ދަނީ ހެދިފައިވާ ގައިޑްލައިންތަކަށް އަމަލުކޮށް ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސް ކުރަމުންނެވެ.

ކޮވިޑު19 އާއި ގުޅިގެން އަމަލުކުރާ އުސޫލުތަކުގައި އެޗްޕީއޭ އިން އެކިފަހަރު އެކިގޮތަށް އުސޫލު ބަދަލުކޮށް ތަފާތުކުރުން ގެންގުޅޭތީވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

comment ކޮމެންޓް