ކޮވިޑަށް ޕޮޒިޓިވްވެ ރަންދީރު ކަޕޫރު އެޑްމިޓްކޮށްފި

ރަންދީރު ކަޕޫރު---

ބޮލީވުޑްގެ އެކްޓަރު ރަންދީރު ކަޕޫރަށް ކޮވިޑް19 ޖެހި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

ބޮލީވުޑްގެ ކާމިޔާބު ބަތަލާއިން ތެރޭ ހިމެނޭ ކަރީނާ ކަޕޫރު އަދި ކަރިޝްމާ ކަޕޫރުގެ ބައްޕަ ރަންދީރު ބުނީ އޭނާއަށް ކޮވިޑް ޖެހުނު ގޮތެއްވެސް ނޭނގޭ ކަމަށާއި އޭނާ އާއެކު ފަސް ސްޓާފުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ އެންމެންނަށްވެސް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ރަންދީރަށް ކޮވިޑު ޖެހުނުއިރު އޭނާ ހުރީ ވެކްސިންގެ ދެ ޑޯޒުވެސް ފުރިހަމަ ކޮށްގެންނެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ ކޮކިލާބެން އަމްބާނީ ހޮސްޕިޓަލުގަ އެވެ. ރަންދީރު ބުނީ އޭނާ ކޮވިޑަށް ޓެސްޓުކުރީ ހީކަރުވާތީ ކަމަށެވެ. އެއްވެސް ކަހަލަ ބޮޑު އަލާމާތެއް ނުފެންނަ ކަމަށާއި ކުރިން ހުން ހުރި ނަމަވެސް މިހާރު އެއްކޮށް ހުންވެސް ފިލާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެކްޓަރު ރަންދީރު ކޮވިޑަށް ޕޮޒިޓިވްވިއިރު އޭނާގެ އަނބިމީހާ ބަބީތާ، ދަރިފުޅު ކަރީނާ އާއި ކަރިޝްމާ ކޮވިޑަށް ޓެސްޓުކޮށްގެން ވަނީ ނަތީޖާ ނެގެޓިވްވެފަ އެވެ.

comment ކޮމެންޓް