އެޑްވަޓޯރިއަލް: ދުޅަހެޔޮ ސިއްހަތަކަށް ޓްރީ ޓޮޕްގެ ހެލްތީ ލިވިން ޕެކޭޖު

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތު ސްކްރީނިންއަކީ ސިއްހީ ގޮތުން ދުޅަހެޔޮ ދިރިއުޅުމަކަށް ވަރަށް މުހިންމު ކަމެކެވެ. ގަވާއިދުން ޗެކްއަޕްއެއް ހެދުމުން ސިއްހީ މައްސަލަތައް ކުރީބައިގައި ދެނެގަނެވެ އެވެ. އަދި ސިއްހީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭކަން ކަށަވަރުކޮށްދެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ 'ހެލްތީ ލިވިން' ޕެކޭޖަކީ އާންމުކޮށް ދިމާވާ ސިއްހީ މައްސަލަތަކާއި ބަލިތައް ކުރީބައިގައި ދެނެގަނެ، އެކަމަށް ފަރުވާކުރަން މަގުފަހިކޮށްދޭ ޕެކޭޖެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދެ ބާވަތެއްގެ ހެލްތު ސްކްރީނިން ހިދުމަތް ދެ އެވެ. އެއީ ބޭސިކް ހެލްތު ސްކްރީނިންއާއި އެޑްވާންސްޑް ހެލްތު ސްކްރީނިން އެވެ.

ބޭސިކް ޕެކޭޖުގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ؛

  • ކްލިނިކަލް އެގްޒަމިނޭޝަން
  • މެޑިކަލް ހިސްޓްރީ
  • ފިޒިކަލް އެގްޒަމިނޭޝަން
  • އިސްކޮޅާއި ބަރުދަން
  • ބޮޑީ މާސް އިންޑެކްސް (ބީއެމްއައި)
  • ބްލަޑް ޕްރެޝާ
  • ވިޝަން ޓެސްޓް
  • ކާޑިއެކް އެސެސްމަަންޓް އިލެކްޓްރޯކާޑިއޮގްރާމް (އީސީޖީ)

މީގެ އިތުރުން އޯޕީޑީ ކޮންސަލްޓޭޝަންއާއި ނިއުޓްރިޝަނަލް ސްކްރީނިން (ކްލިނިކަލް ޑައިޓީޝަންއެއް މެދުވެރިކޮށް) އަދި ޑޮކްޓަރެއްގެ މެޑިކަލް ރިވިއުވެސް ބޭސިކް ޕެކޭޖުގައި ހިމެނެ އެވެ.

ބޭސިކް ޕްކޭޖުން ކުރެވޭ ބައެއް ލެބޯޓްރީ އިންވެސްޓިގޭޝަންތަކުގެ ތެރޭގައި ފުލް ބްލަޑް ކައުންޓް، ފާސްޓިން ބްލަޑް ގްލޫކޯސް، އަރީތުރަސައިޓް ސެޑިމެންޓޭޝަން ރޭޓު (އީއެސްއާރު)، ސީރަމް ޔުރީއާ، ސީރަމް ކްރީއަޓިން، ލިޕިޑް ޕްރޮފައިލް، ހެޕަޓައިޓިސް ބީ ސާފަސް އެންޓިޖެން އަދި އެންޓިބޮޑީ، އޭއެސްޓީ ޓެސްޓު އަދި ޔޫރިން އެނަލިސިސް ހިމެނެ އެވެ.

ބޭސިކް ޕެކޭޖުން ލިބޭ ގިނަ ހިދުމަތްތަކުގެ އިތުރަށް އެޑްވާންސްޑް ޕެޖޭޖުގައި ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން އާއި މޭމަތީގެ އެކްސް ރޭ ނަގައިދިނުން ހިމެނެ އެވެ. އަދި ބޭސިކް ޕެކޭޖުން ކުރެވޭ ލެބޯޓްރީ އިންވެސްޓިގޭޝަންތަކުގެ އިތުރަށް މި ޕެކޭޖުން ގްލައިކޭޓަޑް ހީމަގްލޮބިން، ޔޫރިކް އެސިޑް، ސޯޑިއަމް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން (ޓީއެސްއެޗް)، ލިވާ ޕްރޮފައިލް އަދި ހެޕަޓައިޓިސް ސީ ވައިރަސް އައިޖީޖީ ހިމެނެ އެވެ.

ހެލްތު ސްކްރީން ކުރުމުގެ ކުރިން 12 ގަޑިއިރު ކުރިން ފެށިގެން ހުސްބަނޑާ ހުރުމަކީ މުހިންމު ކަމެކެވެ. ވަކިން ހާއްސަކޮށް ކޮފީ، ސައި، ސޮފްޓް ޑްރިންކްސް އަދި ނިކޮޓިން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރަަން ސަމާލުކަން ދޭން ވާނެ އެވެ.

އެހެން ނަމަވެސް ބޭހެއް ބޭނުން ކުރަމުންދާ ފަރާތެއް ނަމަ، ބޭސް ކެއުމަށް ފަހު ފެންފޮދެއް ބުއިމަކީ މައްސަލައެއް ނޫނެވެ. ލޭގެ ޓެސްޓެއް ހެދުމަށްފަހު ރަނގަޅަށް ފެންބުއިމަކީ ވެސް މުހިންމު ކަމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ބައްޔަށް ފަރުވާ ކުރުމުގެ އިތުރުން ބަލިތައް ދެނެގަތުމުގައި ވެސް ތަޖުރިބާކާރު ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން ފަރުވާ ދިނުމުގައި ހަރަކާތްތެރިވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ކޮންސަލްޓެންޓުންނާއި ސްޕެޝަލިސްޓުންނެވެ.

ޓްރީ ޓޮޕްގެ ވެބްސައިޓުން އޮންލައިންކޮށް ހެލްތީ ލިވިން ޕެކޭޖަށް ބުކިން ހެއްދޭނެ އެވެ. އަދި އެ ޕެކޭޖުތަކާ ގުޅޭ އިތުރު މައުލޫމާތު އެ ހޮސްޕިޓަލުގެ ނަންބަރު 3351610އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.

comment ކޮމެންޓް