ކޮވިޑަށް ޕޮޒިޓިވްވިކަމަށް ދެކެވޭ ވާހަކަ މިތުން ދޮގުކޮށްފި

އެކްޓަރު މިތުން---

ކޮވިޑް 19 އަށް ޕޮޒިޓިވްވިކަމަށް ދެކެވުނު ވާހަކަތައް މިތުން ޗަކްރަބޯޓީ ދޮގުކޮށްފި އެވެ.

މިތުން ކޮވިޑަށް ޕޮޒިޓިވްވިކަމަށް ބުނެ ބޭރުގެ ގިނަ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެވާހަކަތައް ދޮގުކުރަމުން މިތުން ކުރި ޓްވީޓެއްގައި ބުނީ އެއް މަސްދުވަސްވަންދެން ކެމްޕޭނު ކަންތަކުގައި ބުރަކޮށް އުޅުމަށްފަހު މިވަގުތު މިހުރީ ޗުއްޓީ ހޭދަކުރަން އައިސް ކަމަށެވެ.

ބޮލީވުޑްގެ ލެޖެންޑަރީ ތަރި މިތުން ވަނީ މިދިޔަ އަހަރު އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީ އާ ގުޅިފަ އެވެ. ބޮލީވުޑްގައި އުފެދުނު އެންމެ މަގްބޫލު އެކްޓަރުންގެ ތެރޭ ހިމެނޭ މިތުން ވަނީ 50 އަށްވުރެ ގިނަ ފިލްމު ކުޅެފަ އެވެ.

އޭނާ ކުޅެފައިވާ ބައެއް މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ވަގްތު ކީ އާވާޒް"، "ސޫރޖް" އަދި "މާ ކަސަމް" ހިމެނެ އެވެ.

އިންޑިއާ އަކީ މިވަގުތު ކޮވިޑްގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ.

comment ކޮމެންޓް