އާރުޑީސީގެ އޮފީސް ފަޅާލި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅާލައި، ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.

އާރުޑީސީގެ އޮފީސް ފަޅާލައި 100،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް ހުށަހެޅީ މި މަހުގެ 17ވަނަ ދުވަހުގަ އެވެ.

ފުލުހުން ބުނީ އާރުޑީސީ ވައްކަމުގެ ދެ މައްސަލައާ ގުޅިގެން މި މަހުގެ 25ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް." ފުލުހުން ބުނެ އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ ތިން މީހުންގެ ބަންދަށް ވެސް 10 ދުވަސް ވަނީ ދީފަ އެވެ.

comment ކޮމެންޓް