ޖޯންގެ "ސަތިޔަމޭވް ޖަޔަތޭ 2" ފަސްކޮށްފި

ސަތިޔަމޭވް ޖަޔަތޭގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސަތިޔަމޭވް ޖަޔަތޭ 2" ރިލީޒްކުރުން ފަސްކޮށްފި އެވެ.

މި ފިލްމު ރިލީޒްކުރުން ފަސްކުރަމުން ފިލްމުގެ ޓީމުން ނެރުނު ބަޔާނުގައި ބުނީ ފިލްމު ފަސްކުރީ އިންޑިއާގައި ކޮވިޑްގެ ދެވަނަ ރާޅެއް އައިސްފައިވުމުން ކަމަށެވެ. އަދި މި ވަގުތަކީ ފިލްމު އަޅުވަން އެންމެ މުނާސަބަތު ވަގުތެއް ނޫންކަމަށްވެސް ބުނެފައިވެ އެވެ.

މި ފިލްމު ރިލީޒްކުރަން ނިންމީ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ތާރީޚަކީ ސަލްމާން ޚާންގެ "ރާދޭ" ވެސް އަޅުވަން އޮތް ތާރީޚެވެ. ސަތިޔަމޭވް ޖަޔަތޭ 2 ގައި ޖޯން އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ދިވްޔާ ކޯސްލާ ކުމާރުއެވެ. މި ފިލްމަކީ މިލަޕް ޒަވޭރީގެ ޑައިރެކްޝަނުގެ ދަށުން ޓީ ސީރީޒްގެ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތަކެވެ.

comment ކޮމެންޓް