ބަތަލާ ހީނާ ޚާން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބަތަލާ ހީނާ ޚާން---

ހިންދީ ޑްރާމާ ސިލްސިލާތަކުންނާ ބޮލީވުޑް ފިލްމުތަކުން ފެނިގެންދާ ކުޅަދާނަ އެކްޓަރު ހީނާ ޚާން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މީގެ ފަސްދުވަސްވަރު ކުރިން ހީނާގެ ބައްޕަ އަށް ހާޓްއެޓޭކެއް ޖެހިގެން މަރުވި އިރު ބަތަލާ މިވަގުތު ހުރީ ސޯޝަލް މީޑިއާއިން ބްރޭކެއް ނަގައިގެންނެވެ. ނަަމަވެސް ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ހީނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި ދުވަސްކޮޅަކީ އޭނާއަށް ވަރަށް ދަތި އުނދަގޫ ދުވަސްވަރެއް ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޑަކްޓަރުންގެ ލަފަ އާއި އިރުޝާދުގެ މަތިން ކަންތައްތައް ކުރަމުން އަންނަ ކަމަށާއި ޕޮޒިޓިވްވިކަން އެނގުމާ އެކު ވަގުތުން ހޯމް ކަރަންޓީން ވެފައިވާ ކަމަށާއި ފާއިތުވި ދުވަސްތަކު އޭނާ އާ ބައްދަލުވި ހުރިހާ އެންމެން ކޮވިޑަށް ޓެސްޓުކުރުން ބުއްދިވެރިކަމަށް ހީނާ ވަނީ ބުނެފަ އެވެ.

ހީނާގެ ބައްޕަ މަރުވިއިރު އޭނާ ހުރީ ކަޝްމީރުގައި މިއުޒިކް ވީޑިއޯއެއްގެ ޝޫޓިންއަށް ގޮހެވެ.

comment ކޮމެންޓް