އެސްޓީއޯ އިން ފިޔާ ބަސްތާއެއް 100 ރުފިޔާއަށް

ޕިކަޕެއްގެ މަތީގައި އަރުވާފައި ހުރި ފިޔާ ބަސްތާތަކެއް --

އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކާ އަގު 100 ރުފިޔާއަށް ހެޔޮކޮށްފި އެވެ.

ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯ އިން ވިއްކާ ފިޔާ، ބިސް އަދި އަލުވީގެ އަގު ވަނީ ހެޔޮކޮށްފަ އެވެ. އެގޮތުން ރޯދަ މަސް ފެށުނު އިރު ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 200 ރުފިޔާގަ އެވެ.

ނަމަވެސް އެސްޓީއޯ އިން ބުނީ، މިހާރު 25 ކިލޯގެ ފިޔާ ބަސްތާއެއް 100 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އެސްޓީއޯ އިން ފިޔާ ކިލޯއެއް ވިއްކަނީ 9.50 ރުފިޔާ އަށެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި ހެޔޮ އަގެއްގައި ވިއްކަ އެވެ.

ރޯދަ މަސް ފެށުމުގެ ކުރިން އެސްޓީއޯ އިން ބުނީ ކާޑައި، ފިޔާ، އަލުވި އަދި ބިހުގެ އެކަށީގެންވާ ސްޓޮކް އެބަހުރި ކަމަށާއި އަދި އިތުރު ޝިޕްމަންޓްތަކެއް ގެނައުމުގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް