ކާޑު ބަސްތާތައް ދަށުވި މީހާގެ އޮޕަރޭޝަނެއް ކޮށްފި

އޭޕްރީލް 22، 2020: އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ ހުޅުމާލެ ގުދަނުގައި ކާޑު ބަސްތާތަކެއް ފުރޮޅާލައިގެން އަނިޔާވި ތިން މީހެއްގެ ތެރެއިން އެކެއްގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އިއްޔެގެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި އަނެއް މީހަގެ އޮޕަރޭޝަން ކޮށްފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށާއި އޮޕަރޭޝަނަށްފަހު އޮބްޒަވޭޝަނުގައި ބާއްވާފައި އޮތީ އައިސީޔޫގައި ކަމަށް ވެސް އެެސްޓީއޯ އިން ބުންޏެވެ.

"އޮޕަރޭޝަނަށްފަހު އޭނާގެ ހާލު ގޯސް ވެފައެއް ނުވޭ. އެކަމަކު އޮބްޒަވޭޝަނަށް އައިސީޔޫގައި އޮތީ،" އެ ކުންފުނިން ބުންޏެވެ.

އިއްޔެގެ އެކްސިޑެންޓު ހިނގީ ގުދަނުގައި ހުރި ހަނޑޫ ބަސްތާތަކެއް ފުރޮޅާލައިގެންނެވެ.

comment ކޮމެންޓް