މަޑިހާ ސަން ބަދިގެ: ޕޯޗްޑް ފިޝް ވިތް ބެލްޕެޕާ ސޯސް

މަހުން ތައްޔާރު ކުރާ ކާނާގެ ބާވަތްތަކަކީ ރޯދަ މަހު ވަރަށް ގިނަ މީހުންނަށްކަމުދާ އެއްޗެކެވެ. މިއަދު މަޑިހާ ސަން ބަދިގޭގައި ތައްޔާރު ކޮށްލަނީ ޕޯޗްޑް ފިޝް ވިތް ބެލް ޕެޕާ ސޯސް އެވެ.

ފިޝް ޕޯޗްކުރަން ބޭނުންވާ ތަކެތި

  • ކަށިނަގާފައި ހުރި ކަނޑުމަސް
  • 250 މިލި ލިޓަރު ފެން
  • ލިނބޯ ފަޅިއެއް
  • 20 ގްރާމް ކެރެޓް، ސެލެރީ، ފިޔާ، ކުދިކޮށް ކޮށާފައި
  • ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް

ސޯސް ތައްޔާރުކޮށްލަން ބޭނުންވާ ތަކެތި

  • 20 ގްރާމް ބެލް ޕެޕާ ކުދިކޮށް ކޮށާފައި
  • ލޮނުމެދު ކޮށާފައި
  • 2 މޭޒުމަތީ ސަމުސާ ބަޓަރު ނުވަތަ އޮލވް އޮއިލް
  • 2 މޭޒުމަތީ ސަމުސާ އޮއިސްޓާ
  • 100 މިލިލިޓަރު ފެން ނުވަތަ ފިޝް ސްޓޮކް
  • ބައި މޭޒުމަތީ ސަމުސާ އަސޭމިރުސް
  • 1 މޭޒުމަތީ ސަމުސާ ކޯން ފްލާ

ތައްޔާރު ކުރާނެ ގޮތް

މި ޑިޝްގައި ފިޝް ޕޯޗް ކޮށްލާނީ ވަކިންނެވެ. އަދި ސޯސްގަނޑު ވެސް ތައްޔާރު ކުރާނީ ވަކިންނެވެ. ފުރަތަމަ މި ކިޔައިދެނި ފިޝް ޕޯޗް ކޮށްލާނެ ގޮތެވެ.

އެންމެ ފުރަތަމަ ފެން ކައްކާލާށެވެ. ފެން ކައްކާނީ ލިނބޯ އަދި ކޮށާފައި ހުރި ތަރުކާރީ ކޮޅު އަޅާފަ އެވެ. ދެން އޭގެ ތެރެއަށް މަސްކޮޅު ލާފައި ރަނގަަޅަށް ކައްކާލާށެވެ. ރަނގަޅަށް ކެކުމުން މަސްކޮޅު ފެނުގެ ތެރެއިން ނަގާށެވެ. އަދި ފެން ކޮޅުވެސް ވަކިން ބަހައްޓާލާށެވެ.

ސޯސްގަނޑު ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ތަވައަށް ބަޓަރު ނުވަތަ އޮލިވް އޮއިލްކޮޅު އަޅާލާށެވެ. އެ ރަނގަޅަށް ހޫނުވުމުން ލޮނުމިދު ކޮޅު އަޅާލައި ރަތްވަންދެން މަޑުކޮށްލާށެވެ. ދެން ބެލް ޕެޕާ ކޮޅު އަޅާގައި އެއް މިނިޓް ބަހައްޓާލާށެވެ.

ދެން ފިޝް ސްޓޮކް ކޮޅު އަޅާލައި ބޮކި ޖަހަންދެން ކައްކާލާށެވެ. ދެން ކޯން ފްލާ އަޅައި ސޯސްގަނޑު އޮލަވަންދެން ދޭފަތުން ހަލުވަމުން ދާށެވެ. ކުރިން ތައްޔާރުކުރި މަސްކޮޅު ތައްޓަކަށް ލާފައި އޭގެ މައްޗަށް ސޯސް އަޅާާށެވެ. އޭރު ޑިޝް ނިމުނީ އެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުންލިބޭނެއެވެ.

comment ކޮމެންޓް