ބީޓަލްސްގެ 54 އަހަރުވީ ރެކޯޑް ޓޭލާ ސްވިފްޓް މުގުރާލައިފި

ނަވާރަސަތޭކަ ފަންސާސް ހަތް ވަނަ އަހަރު އުފެދުނު ރޮކް ބޭންޑު "ދަ ބީޓަލްސް"ގެ 54 އަހަރުވީ ރެކޯޑު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް، 31، މުގުރާލައިފި އެވެ.

ޓޭލާގެ ލަވަ އަލްބަމް، "ފިއާލެސް" ވަނީ ޔޫކޭ ޗާޓުތަކުގެ އެއް ވަނައަށް އަރައިފަ އެވެ. މި އަލްބަމް ވެފައި ވަނީ އަހަރަކަށް ވުރެ ކުރު މުއްދަތެއްގެ ތެރޭ ޔޫކޭގެ ޗާޓުގައި އެއް ވަނަ ހޯދި ޓޭލާގެ ތިން ވަނަ އަލްބަމަށްވެފަ އެވެ. އެއީ ފޯކްލޯ އާއި އެވާމޯ އަލްބަމެވެ.

މީގެ ކުރިން މި ރެކޯޑު ބީޓަލްސް އަތުގައި އޮތްއިރު އެ މީހުން ވަނީ "ހެލްޕް!"، "ރަބާ ސައުލް" އަދި "ރޮވޯލްވާ" މި ތިން އަލްބަމުން 364 ދުވަހުގެ ތެރޭ ޗާޓުގެ އެއް ވަނަ ހޯދައިފަ އެވެ. ޓޭލާ މި ރެކޯޑު މުގުރާލީ އެންމެ 259 ނުވަ ދުވަހުންނެވެ.

ދާދިފަހުން ބޭއްވި ގްރެމީ އެވޯޑު ހަފްލާގައި އަލްބަމް އޮފް ދަ އިޔާގެ މަގާމު ހޯދި ޓޭލާ އަށް މިއަހަރަކީ ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާ ވެފައި ވަނީ ގްރެމީގައި އަލްބަމް އޮފް ދަ އިޔާގެ މަގާމު ޖެހިޖެހިގެން ތިން ފަހަރަށް ހޯދި ފުރަތަމަ އަންހެން ފަންނާނަށްވެފަ އެވެ.

މީގެ ކުރިން ފޯކްލޯ ވަނީ ބިލްބޯޑުގެ "ހޮޓް 100" އާއި "ބިލްބޯޑް 200"ގެ ޗާޓުގެ އެއްވަނައަށް ޑެބިއޫކޮށްފަ އެވެ. ޓޭލާގެ އަލްބަމްގެ ސިންގަލް އެއް ކަމަށްވާ "ކާޑިގަން" ވަނީ "ހޮޓް 100"ގެ އެއްވަނަ އަށް އަރައިފަ އެވެ. އެފަދަ ރެކޯޑެއް މީގެ ކުރީން އެއްވެސް ފަންނާނެއް ހަދާފައެއް ނުވެ އެވެ. ފޯކްލޯއަކީ ޓޭލާ ސްވިފްޓްގެ މިއުޒިކް ކެރިއަރުގައި އޭނާއަށް އެންމެ ރަނގަޅު ރިވިއު ލިބިފައިވާ އަލްބަމް އެވެ.

comment ކޮމެންޓް