ދެ ފަތުރުވެރިން ޕޮޒިޓިވްވެ ބ. މާޅޮސް މޮނިޓަރިންގެ ހާލަތަށް

ބ. މާޅޮހު ރަށު ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބ. މާޅޮހަށް ދަތުރު ކުރި ދެ ފަތުރުވެރިއަކު ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންގެ ހާލަަތަށް ގެނެސްފި އެވެ.

މިއަދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، މާޅޮހުގައި ހުރި ގެސްޓްހައުސްއަކަށް އައި ދެ ފަތުރުވެރިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރަށަށް އަރައި ފޭބުން މަނާކޮށް، ރަށު ތެރޭގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އެޗްއީއޯސީއިން ބުންޏެވެ.

ރާއްޖޭގެ ކޮވިޑް ކޭސްތައް އިއްޔެ ވަނީ 26،000 އިން މައްޗަށް ގޮސްފަ އެވެ. އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 2،584 އެވެ.

comment ކޮމެންޓް