ދޯސްތާނާ 2 އިން ކާތިކް ވަކިވެއްޖެ

ދަރުމާ ޕްރޮޑަކްޝަންސް އާ ޖެހުނު މައްސަލައެއްގައި އެ ކުންފުނިން އުފައްދަން ނިންމާފައިވާ ‘ދޯސްތާނާ 2’ އިން ކާތިކް އާރްޔަން ވަކިވެއްޖެ އެވެ.

ކާތިން އެ ފިލްމު ދޫކޮށްލި އިރު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އެ ފިލްމުގެ ޝޫޓިންތަކުގައި ވެސް ބައިވެރިވެފަ އެވެ. މިދިޔަ އަހަރު ލޮކްޑައުން ކުރުމާ ހަމައަށް ވެސް ފިލްމުގެ ޝޫޓިން ތަކުގައި ބައިވެރިވި ކާތިކް ފިލްމު ދޫކޮށްލީ ކްރިއޭޓިވް ޑިފަރެންސަސްގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެ އެވެ.

ކުޅަދާނަ އެކްޓަރު ކާތިކް އެ ފިލްމު ދޫކޮށްލުމާ އެކު ދަރުމާ ޕްރޮޑަކްޝަންސް އިން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ދޯސްތާނާގެ ދެ ވަނަ ބައިގެ ރީކާސްޓިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

މި ފިލްމަކީ މީގެ 11 އަހަރުކުރިން ރިލީޒްކުރި ދޯސްތާނާގެ ސީކުއަލްއެކެވެ.
އެފަހަރު ފިލްމުގެ ލީޑު ރޯލުން ފެނިގެން ގޮސްފައި ވަނީ ޔަންކާ ޗޯޕްރާ، އަބީޝެކް ބައްޗަން އަދި ޖޯން އަބްރަހަމް އެވެ.

މިއީ ދަރްމާ ޕްރޮޑަކްޝަންސްގެ ފިލްމަކުން ކާތިކް އަށް ފުރުަސަތު ލިބުނު ފުރަތަމަ ފިލްމުވެސްމެ އެވެ. އަދި 'ދޯސްތާނާ 2' ވެގެންދާނީ ކޮލިން ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމަށެވެ.

comment ކޮމެންޓް