މާލޭ ސަރަހައްދުގައި ފިތުރު ޒަކާތް ބަލައިގަންނާނީ އޮންލައިންކޮށް

ފައިލް ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މާލޭ ސަރަހައްދުގައި މި އަހަރު ވެސް އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް ނިންމައި އިސްލާމިކް މިނިސްޓްރީއިން އެކަން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ، މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ފިތުރު ޒަޔާތް ދައްކަން ޖެހޭނީ ދިރާގު ޕޭ ވެބްސައިޓު، ނައު.އެމްވީ އެޕްލިކޭޝަން އަދި އެސްއެމްއެސް، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން، އަދި އެސްއެމްއެސް މެދުވެރިކޮށެވެ.

ބީއެމްއެލްގެ ވެބްސައިޓު މެދުވެރިކޮށް ޒަކާތް ދެއްކޭ އިރު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާނެޓް އެޕްލިކޭޝަންގެ އިތުރުން މެއިން ބްރާންޗު އަދި ހުޅުމާލެ ބްރާންޗުގެ ކައުންޓަރުތަކުން ވެސް ޒަކާތް ބަލައިގަންނާނެ އެވެ.

އޭގެ އިތުރުން ފަހިޕޭ އެޕްލިކޭޝަން އާއި ޕޯޓަލް އިން ވެސް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ފިތުރު ޒަކާތުގެ ގޮވާމުގެ އަގު:

އާދައިގެ ހަނޑޫ: 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 52 ރުފިޔާ
ބާސްމަތީ ހަނޑޫ (އާދައިގެ): 65 ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު): 89 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ
ރަތް ހަނޑޫ: 78 ރުފިޔާ
އާދައިގެ ފުށް: 10 ރުފިޔާ
އާޓާ ފުށް: 59 ރުފިޔާ

މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުން ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

comment ކޮމެންޓް