އަކްޝޭގެ "އަތުރަންގީ ރޭ"ގެ ޝޫޓިން ނިންމާލައިފި

ފިލްމުގެ ސެޓުގައި ނަގާފައިވާ ފޮޓޯތަކެއް---

ފިލްމު "ޒީރޯ" އަށް ފަހު، ޑައިރެކްޓަރު އާނަންދު އެލް ރާއީ ހަދާ ފިލްމު "އަތުރަންގީ ރޭ"ގެ ޝޫޓިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފިލްމުގެ ޝޫޓިން ނިމުނު ކަން ފިލްމުގެ ލީޑު ދެތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ސާރާ އަލީ ޚާން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އިއުލާނުކޮށްފައެވެ. ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު ސާރާ ބުނީ މި ފުރުސަތު ދިން ކަމަށްޓަކައި އާނަންދުއަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރާ ކަމަށެވެ. އަދި ދިން ހިތްވަރަށާއި ލޯތްބަށް ޝުކުރުއަދާ ކުރާ ކަމަށެވެ.

މި ފިލްމުގައި ދެކުނު އިންޑިއާގެ އެކްޓަރު ދަނޫޝް ވެސް ފެނިގެންދާނެ އެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ އެ ފިލްމުން ސާރާ ފެނިގެންދާނީ ޑަބަލް ރޯލުންނެވެ.

އެ ފިލްމުގެ މިއުޒިކް ތައްޔާރުކުރާނީ އޭއާރް ރަހްމާން އެވެ.

ބަތަލު އަކްޝޭ ކުމާރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ސޫރިޔަވަންޝީންނެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ކަރީނާ ކަޕޫރާއެކު "ގުޑް ނިއުޒް"އިންނެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

comment ކޮމެންޓް