އަންހެނުންގެ ކިބައިން އަނދުން ހުސައިން މައާފަށް އެދިއްޖެ

އަންހެނުންނަށް ކުޑައިމީސްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މައާފަށް އެދިވަޑައިގެންފަ އެވެ.

މި ހަފްތާ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސް އެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރަށް ނިސްބަތްކޮށް އަނދުން ހުސައިން ވިދާޅުވީ މެމްބަރު ޝަރީފް މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑު ޖައްސަވައިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ދުވަހަކު، އާދަމް ޝަރީފް ވަޑައިގަންނަވާ އިރު ފެޑް ޖައްސަވާފައި ހުންނަވާ ތަން. ފަހަތުން ތެމިފަ، ލޭ ތެމިފައި،" އަނދުން ހުސައިމް ވިދާޅުވި އެވެ.

އެ މައްސަލައިގައި އޭނާއަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި އޭނާ ހުރިހާ އަންހެނުންގެ ފަރާތުން މައާފަށް އެދެންޖެހޭނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.

އަނދުން ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެނުންނަށް ނިސްބަތްވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މައާފަށް އެދޭ ކަމަށެވެ.

"ބަލައިނުގަނެވޭނެ ފަދަ ވާހަކައެއްކަން ގަބޫލުކުރަން. އަޅުގަނޑު މިފަދަ ބަސތަކަށް ސަމާލު އިތުރަށް ވާނަން،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް