ފުވައްމުލަކުން މަހަށް ނިކުތް ޑިންގީއެއް ހޯދަނީ

ރޭ ފަތިހު ފުވައްމުލަކުން މަހަށް ނިކުތް ޑިންގީއެއްގެ ހަބަރު ނުވެގެން ޑިންގީ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ހާދިސާގެ މައުލޫމާތު ލިބުނީ ޑިންގީގައި މަހަށް ނިކުތް މީހެއްގެ އާއިލާގެ ފަރާތުން މިއަދު ހެނދުނު 10:40 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ކުރަމުންދާ ކަމަށެވެ.

ޑިންގީ އަކީ 22 ފޫޓުގެ، ހުދުކުލައިގެ ޑިންގީއެއް ކަމަށާއި ޑިންގީގައި ރަތްކުލައިގެ ފަށެއްވެސް ފަމާފައި ހުންނާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ޑިންގީ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރާއި ކޯސްޓްގާޑް ލޯންޗް ނޫރައްދީން އަދި ސީއެމްބިއުލާންސް ހަރަކާތްތެރިވަމުންދާ ކަމަށާއި ޑިންގީގައި މަހަށް ނިކުތް ދިމާލެއް އަދި އޭގައި ތިބި މީހުންގެ އަދަދު ސާފުނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް