ހުޅުމާލޭ ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އަންހެނަކު މަރުވެއްޖެ

ކޮވިޑަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމް ކޮށްފައިވާ މެޑިކަލް ފެސިލިޓީ --- ފޮޓޯ/ އެސްޓީއޯ

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އަންހެނަކު މިރޭ މަރުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ރޭ ކޮވިޑް ޖެހިގެން މަރުވީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ މާލެއަށް ނިސްބަތްވާ މީހެކެވެ.

މިއީ ކޮވިޑް ޖެހިގެން މި ބަލީގައި ރާއްޖެއިން މަރުވި 61 ވަނަ މީހާ އެވެ.

މިހާރު ވެސް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ކޮވިޑު ޖެހިގެން ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

މާލޭގައި ކޮވިޑްގެ ހާލަތު މިހާރު މިވަނީ ވަރަށް ނުރައްކާތެރިވެފައި ކަމަށް ޑޮކްޓަރުން އަންނަނީ ވިދާޅުވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް